ހާލު އަންނަނީ ރަނގަޅުވަމުން، އުންމީދަކީ އަވަހަށް ކެމްޕެއިން ފެށުން: ޓްރަމްޕް

ކޮވިޑް-19 އަށް ޕޮސިޓިވްވެ ފަރުވާ ހޯދަމުނުްދާ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އުންމީދަކީ އަވަހަށް ކެމްޕެއިން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް ފަރުވާދެމުންދަނީ ވޯލްޓަރ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަގައެވެ. އެގޮތުން ފަރުވާދެއްވަން ފެށިފަހުން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އިލެކްޝަމް ކޮމިޝަންގެ ކެމްޕެއިން ފެށިގޮތަށް އަވަހަށް ނިންމުމުގެ އުންމީދުކުރާކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ވޯލްޓަރ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަގެ ފަރުވާދެމުންދާ ކޮޓަރިކޮޅުގައި އޮންނަވައި ޓްރަމްޕް ވިދާޅުވީ އެތަނަށް ދިޔައިރު ހާލު އެހާ ރަނގަޅު ނޫންކަމަށާއި އެކަމަކު މިހާރު ކުރިއަށްވުރެ މާ ރަނގަޅުކަން އިހުސާސް ކުރެވޭ ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އެމަނިކުފާނު ރަނގަޅުވެގެން އެނބުރި ދާންޖެހޭނެ ކަމަށާއި ސަބަބަކީ އަދިވެސް އެމެރިކާ ފުރިހަމަ ތަނަކަށް ހަދަންޖެހޭތީކަމަށެވެ.

"އަޅުގަނޑު އެނބުރި ދާނަން. އަޅުގަނޑަށް ހީވަނީ ވަރަށް އަވަހަށް ދެވިދާނެހެން، އުންމީދުމިކުރަނީ ކެމްޕެއިންގެ ނުނިމިވާބައި ކެމްޕެއިން ފެށިފަދައިން ނިންމާލަން" ކޮވިޑް-19 އިން ރަނގަޅުވެ އަލުން ކެމްޕެއިން ފެށުމުގެ އުންމީދުގައިހުރި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރާމްޕް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެކަމަނާގެ ހާލުކޮޅުވެސް އަންނަނީ ރަނގަޅުވަމުންކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އަށް ކޮވިޑް-19 އިން އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާއި ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އެދިލައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ