އައްޑޫ އޮޕަރޭޝަން: 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަތިން އިއްޔެ އައްޑޫ ސިޓީ ހިތަދޫއަށް ވައްދަން އުޅުނު މަސްތުވާތަކެތީގެ ތެރޭގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި ހިމެނޭކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނީ ޑިންގީއެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދިޔަ ބަަޔަކު ހުއްޓުވަން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރުމުން އެ ތަކެތި އެ މީހުން ވަނީ ކަނޑަށް އުކާލާފައިވާކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި އެތައް ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް  ރިޕޯތްޓަކުގައިވެއެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ  އެންޓި ނާކޮޓިކްސްގެ ބޮޑު އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދާ ކަމަށާއި މި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ސީދާ ދިވެހި ފުލުހުންނާއި ދިވެހީންގެ އިންޓެލިޖެންސްއަށް ބިނާކޮށްގެން ކަމަށެވެ.

އެގޮތުން ހަމީދު ވިދާޅުވީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމެންޓްގެ އިތުރުން މެރިން ޕޮލިސް އެންޑް ސައުތު ޕޮލިސް ޑިވިޝަނުން ގުޅިގެން މި މައްސަލަ ތަހުޤީގުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މައްސަލަ ކުރިއަށްދާ ވަރަކުން އެ މައްސަލާގައި ގުޅުންހުރި ކަންކަން ބައިނަލްއަގުވާމީ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ތުރާކުނު ޢަހަންމަދު

    ފުލުހުން ތިޔަތަކެއްޗަށް ހަދާނުހަދާ ބަލަންޖެހޭ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ