19 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމުގެ މަޖިލިސް - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރައީސް ކަމަށް ގާސިމާއި ނަޝީދު ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިޚާބު ކުރަން މިރޭ ނަގާ ޖަލްސާގައި މަޖިލިސް ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަން ހުށަހަޅާ ދެނަންފުޅަށް ވެސް ތާއިދު ލިބިއްޖެއެވެ.

މަޖިލީހުގެ ރައީސަކަމަށް ރައީސް ނަޝީދުގެ ނަންފުޅު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަޖިލީހަށް ހުށަހެޅުއްވިއިރު، އަސްލަމްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްއެވެ.

މަޖިލީހުގެ ރައީސަކަމަށް ޤާސިމް އިބްރާހީމްގެ ނަންފުޅު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް މަޖިލީހަށް ހުށަހެޅުއްވިއިރު، ޠާރިޤްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިޚާބު ކުރައްވާނީ މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމުގެ ކަންކަން ބެލަހައްޓަވާ 5 މެންބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގެންނެވީ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދުގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.

މި ޖަލްސާގެ ރިޔާސަތު ބަލަހައްތަވަމުންދަނީ، މީދާ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

އާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިންނެވެ. މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 65 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް