ހދ. ކުރިނބީން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ، ހދ. ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.
މިއަދު ކުރިނބީއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވެފައިވާކަން ކުރިނބީ ޞިއްޙީމަރުކަޒު ހިންގުމާ ހަވާލުވެހުންނެވި ވެރިޔާ އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ކޮވިޑަށް ޕޮޒިޓުވްވިއިރު ބަލީގެ އަލާމާތްތައް ފެންނަ ކަމަށް ކަމާބެހޭ މުއައްސަސާތަކުން މަޢުލޫމާތު ދެއްވައެވެ.
މިނޫހަށް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި މިއަދު ކުރިނބީން ކޮވިޑަށް ޕޮޒިޓިވްވި ފަރާތް އިއްޔެ، ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ، ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޓްސްޓްގެ ނަތީޖާ "ޕޮޒިޓިވް"ކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ މިރެއެވެ.
ކުރިނބީން ކޮވިޑަށް މީހަކު ޕޮޒިޓިވްވިއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުޅުދުއްފުށި ފާޅު ބޯޓާއި ގުޅުހުންހުރި 4 މީހަކާއި ހޯމް ކަރަންޓީނުގައިހުރި 3 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ހޯމް ކަރަންޓީނުގައި ނެތް މީހަކު ކުރިނބީން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ކަމާ ގުޅިގެން މިހާތަނަށް އެއްވެސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ނުވާއިރު، އެޗްޕީއޭއިން އަދި ބަހެއް ވިދާޅެއް ނުވެއެވެ.




