ރޭ ހދ. ކުރިނބީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސް ގުޅިގެން އެރަށުން 6 އެއެއް ކަރަންޓީން ކޮށްފިއެވެ.
ރޭ ކުރިނބީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. މިނޫހަށް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި ރޭ ކުރިނބީން ކޮވިޑަށް ޕޮޒިޓިވްވި ފަރާތް އިއްޔެ، ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ، ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޓެސްޓްގެ ނަތީޖާ “ޕޮޒިޓިވް”ކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ ރޭގެ ވަގުތެއްގައެވެ.
އޭނާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މި ނޫހަށް އެނގިފައިވާ ގޮތުގައި 13 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ކުރިނބީ އިން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ދަނީ އެރަށުގައި ކުރިޔަށް ގެންދަމުންނެވެ.
މީގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރަތްތަކާއި ގުޅިގެން ކުރިނބީގައި 6 ގެއެއް ކަރަންޓީންކޮށްފައި ކަމަށް ކުރިނބީ ޞިއްޙީ މަރުކަރުން ވަނީ ހާމަކުރައްވާފައެވެ.
Kurinbee in covid-19 ah iyye (05-10-2020) positivuvi case aai gulhigen quarantine ah genevifaivaa gethah:1- Sesna2- Sama3- Royal Beach Corner4- Faruma5- Nasha6- South Light
Posted by Kurinbi health center on Tuesday, October 6, 2020
ކުރިނބީން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭ އިން ރޭ ވަނީ އެރަށް މޮނިޓަރިންއަށްލާފައެވެ. އެހެން ކަމުން މިވަގުތު ކުރިނބީގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަނާކޮށްފައެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑްއަށް ޕޮޒިޓިވް ވުމާއި ގުޅިގެން އުތުރުގެ 6 ރަށެއް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.
މީގެ ކުރިންވެސް ކުރިނބީއިން ވަނީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެފަހަރު ޕޮޒިޓިވް ވެފައި ވަނީ މާލެ އިން އެރަށަށް ގޮސް ކަރަންޓީން ގައި ހުރި މީހެކެވެ. އެމީހާ މިހާރު ވަނީ އެބަލިން ރަނގަޅުވެފައެވެ. ރޭގެ ކޭސްއާއި އެކު ކުރިނބީ އިން މިހާތަނަށް ޖުމްލަ ދެ މީހަކު ވަނީ ކޮވިޑްއަށް ޕޮޒިޓިވް ވެފައެވެ.



