ރައީސް ޞޯލިޙް މޯދީ އަރިހުގައި

އިންޑިޔާގެ ބޮޑު ވަޒީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަޤްރީރުކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދެރަ މޯދީ ރާއްޖެ އަށް ވަޑައިގެން، މަޖިލީހުގައި ތަގުރީރު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއުލާނުކުރައްވައިފިއެވެ.

މިރޭ އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، އަންނަ މަހުގެ 7 އަދި 8 ވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެ ދަތުރުފުޅުގައި މޯދީ ތަގުރީރުކުރައްވާނެ ކަމަށެވެ.

"އެގިވަޑައިގަންނަވާނެ ކުރިއަށް މިއޮތް ޖޫން މަހުގެ 7 ވަނަ ދުވަހުއާއި 8 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި. އަދި އިންޑިއާގެ ބޮޑުވަޒީރު މި އިއްޒަތްތެރި މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ތިބޭފުޅުންނަށް މުހާޠަބުކޮށް ދެންނެވުމަށް އަދި ތިބޭފުޅުންނާއި މަޝްވަރާ ކުރުމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެބަ އެދިވަޑައިގަންނަވާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު އަންނަ ޖޫންމަހުގެ 7 ވަނަ ދުވަހު ރާއްޖެ ވަޑައިގަނެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށްޓަކައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މަސައްކަތްތަކެއްވެސް މާދަމާގެ މަޖިލީހުގެ ޖަލްސާގައި ކުރެވިގެންދާނެކަމަށް މަޖިލީހުގެ ރިޔާސަތުން ހާމަކުރެއްވިއެވެ.

އިންޑިއާގެ ބޭއްވި އާންމު އިންތިހާބުގައި ތަފާތު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި ދެވަނަ ދައުރެއް ދިފާއުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ޤައުމުން ބޭރަށް ކުރައްވާ އެންމެ ފުރަތަމަ މަންޒިލެއްގެ ވަޑައިގަންނަވަނީ ދިވެހިރާއްޖެއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ