ނޯބެލް ސުލްހައިގެ އިނާމު އ.ދ ގެ ކާބޯތަކެތީގެ ޕްރޮގްރާމަށް

މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު އ.ދ އިން ހިންގާ ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމަށް ލިބިއްޖެއެވެ.

މި އިނާމު އެ ޕްރޮގްރާމަށް ލިބިފައިވަނީ، ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށް އެ ޕްރޮގްރާމުންކުރާ މަސައްކަތަށާއި އަދި އަމާން އޮމާން ސުލްހަވެރި ވެއްޓެއް ގާއިމު ކުރުމަށް އެ ޕްރޮގްރާމުން އެހީވާތީއެވެ.

މިއީ މި އިނާމު ދިން 101 ވަނަ ފަހަރެވެ. މިހާރު މި އިނާމުގެ ފައިސާގެ ގޮތުގައި 10 މިލިއަން ސްވިޑިޝް ކްރޯން (1.1 އެއް މިލިއަން ޑޮލަރު) ދޭނެ އެވެ. މިއަހަރު މި އިނާމަށް 107 ޖަމާއަތަކާއި އަދި 211 ފަރާތެއްވަނީ ނޮމިނޭޓް ވެފައެވެ.

ނޯބެލް ސުލްހައިގެ އިނާމު ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމަށް ލިބުމުން އެ ޕްރޮގްރާމުގެ އެންމެ އިސްވެރިއާ ޑޭވިޑް ބޭސްލީ ބީބީސީ އާއި ވާހަކަދައްކަމުން ބުނެފައިވަނީ، މި އިނާމު ލިބުނުކަން އިނގުން ވެގެންދިއައީ ކުއްލި ސިހުމެއް ގެނުވި ކަމަކަށް ކަމަށާއި މިއީ ބުނާނެ އެއްޗެއް ނޭންގި ބަސްހުއްޓުނު ފުރަތަމަ ފަހަރު ކަމަށެވެ.

މި އަހަރު އިނާމު ލިބިދާނެ ކަމަށް ބެލެވުނު ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ތިމާވެއްޓާ މަސައްކަތް ކުރާ އެކްޓިވިސްޓް ގްރެޓާ ތަމްގާބު ހިމެނުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ