އަޒަރްބައިޖާން އަދި އަރްމޭނިއާއިން ނަގޯރްނޯ ކަރަބާޚް ގައި ފާއިތުވެދިޔަ ދެހަފްތާގައި ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ވަގުތީ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ދެގައުމުން ހަނގުރާމަކުރުން ހުއްޓާލުމަށް ވަގުތީ އެއްބަސްވުމަކަށް އައިސްފައިވަނީ ހަނގުރާމައިގައި ހައްޔަރުކުރި އަސީރުން ބަދަލުކުރުމަށާއި އަދި ހަނގުރާމައިގައި މަރުވެދިޔަ ފަރާތްތައްް ހަވާލު ކުރުމަށްޓަކައެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު އަޒަރްބައިޖާން އަދި އަރްމޭނިއާއިން ނަގޯރްނޯ ކަރަބާޚް ރީޖަންގެ މައްސަލައިގައި ހަނގުރާމަ ފަށައިފައިވާއިތު މިހާތަނަށް މި ހަނގުރާމައިގައިވަނީ 300 މީހުން މަރުވެ އެތައްހާސްބަޔަކު ވިއްސިވިހާލިވެގެން ގޮސްފައެވެ.
ނަގޯރްނޯ ކަރަބާޚް އަކީ އަޒަރުބައިޖާންގެ ސަރަހައްދެކެވެ. ނަމަވެސް އެސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ އަރުމީނިޔާ ދަރިކޮޅުގެ މީހުންނެވެ.
އަރުމީނިއާ އާއި އަޒަރުބައިޖާން އަށް މިނިވަންކަން ލިބުނީ 90 ގެ އަހަރުތަކުގެ ކުރީކޮޅު ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) ރޫޅިގެން ދިޔުމާ ގުޅިގެންނެވެ.




