ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޮވިޑަށް ފައްސިވެއްޖެ ކަމަށް ނޮޅިވަރަމު ސިއްހީމަރުކަޒުން ހާމަކޮށްފިއެވެ. މިކަން ސިއްހީމަރުކަޒުން ހާމަކޮށްފައިވަނީ ފޭސްބުކު ޕޭޖު މެދުވެރިކޮށެވެ. އަދި މިކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.
ނޮޅިވަރަމު ކައުންސިލުން 12 އޮކުޓޫބަރުގައި އަދާހަމަކޮށް، އާއްމުކޮށްފައިވާ މައުލޫމާތު ބުނާގޮތުން މި ވަގުތުވެސް ނުވަ ގެއެއްގައި މީހުން ކަރަންޓީނުވެ އެބަ ތިއްބެވެ.
ނޮޅިވަރަން މީގެ ކުރިން ވަނީ މޮނިޓަރިންއަށްވެސް ލާފައެވެ. އެރަށުން މިހާތަނަށް 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މި އެންމެންނަކީވެސް މާލެއިން އައިސް ކަރަންޓީންގައި ހުރި މީހުންނެވެ.
ކޮވިޑް-19 އަށް އަތޮޅު ތެރޭގެ ބައެއް ރަށްރަށުން މީހުން ޕޮޒިޓިވް ވެފައިވާއިރު، މާލެއިން އަތޮޅު ތެރޭގެ ރަށްރަށަށް އައިސް ކަރަންޓީންވި ގިނަ ބަޔަކުވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.



