8 މީހުންނާއެކު ދަތުރު ކުރި ބޯޓެއް އިންޖީނު ހުއްޓި ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވެފައިވާ ގޮތުގައި އިންޖީނުހުއްޓި ދިޔަވަމުން ދިޔައީ8 މީހުންނާއެކު މ. ކޮޅުފުށިން ފުރައިގެން ތ. ވިލިފުއްޓަށް ދަތުރު ކުރަމުންދިޔަ "އިސްގުބާރު" ނަމަކަށް ކިޔާ ބޯޓެއްކަމަށެވެ. އެ ބޯޓުގެ އިންޖީނު ހުއްޓި ދިޔަވާކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު7:33 ހާއިރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްގެ އެހީތެރިކަމާއެކު މި ބޯޓު މިހާރު ވަނީ މ. ކޮޅުފުއްޓަށް ވައްދާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
8 meehunaa eku M.Kolhufushin Th.Vilifuttah dhathurukuramun dhiya "Isgubaaru" boatuge engine hutti dhiyavaa kamuge report libigen, MNDF Central Area CG Squadron ge eheetheri kamaa eku M.Kolhufuttah vadhdhaifi. Mi haadhisaage report libifaivanee miadhu 07:33 haairu pic.twitter.com/uiwQtjJG3F
— Maldives National Defence Force (@MNDF_Official) October 16, 2020
މި ހާދިސާއާއި ގުޅޭ އިތުރު މަޢުލޫމާތެއް އެމްއެންޑީއެފް އިން ހާމަ ކުރައްވާފައެއްނުވެއެވެ.
މި ދުވަސް ވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރެއް ކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓްވެސް ނެރެމުންނެވެ.



