ހޯރަފުށީ އެއާރޕޯޓުގެ މަސައްކަތް އަންނަ މަހު ނިމޭނެ: އެމްޓީސީސީ

ހއ. ހޯރަފުށީ އެއާރޕޯޓުގެ މަސައްކަތް އަންނަ މަސްތެރޭ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެގޮތުން އެމްޓީސީސީއިން ބުނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދަނީ އެރަށު އެއާރޕޯޓުގެ މަސައްކަތް އަންނަ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ނިންމާލެވޭތޯކަމަށެވެ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައްލަވާލައްވާފައެވެ.

ޖުމްލަ 842200 ކުއިބިކް މީޓަރުގެ ބޮޑު ސަރަހައްދެއްވަނީ އެއާޕޯޓު އެޅުމަށްޓަކައި ހިއްކާފައެވެ. މި އެއާޕޯޓުގައި 1120 މީޓަރުގެ ހިލަ ތޮއްޓެއްވެސް ވަނީ ލައިފައެވެ. 1200 މީޓަރުގެ ރަންވޭއެއްގެ އިތުރުން ފްލައިޓް ޕާކިން އަދި ޓެކްސީވޭ އެއްވެސް މިއެއާރޕޯޓުގައި ހިމެނެއެވެ. އަދި ފަޔާރ ބިލްޑިންގގެ އިތުރުން ފަސިންޖަރުންގެ ޓާރމިނަލްވެސް މިއެއާރޕޯޓު ނިމޭއިރު ހުންނާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި އެއާޕޯޓު ހެދުމަށް ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރި އެވެ. ނަމަވެސް، މި ސަރުކާރުން ނިންމާފައިވަނީ ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް ހަދާށެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ