މަޝްހޫރު ފިލްމީތަރި ވަރުން ދަވަން ރާއްޖޭގައި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާފުށި ރިސޯޓުގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމަށްފަހު، އަލުން ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބެން ފެށުމާ އެކު ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ބޮލީވުޑްގެ ތަރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ.

އުމުރުން 33 އަހަރުގެ ވަރުން ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގައި ނަގާފައިވާ ހިތްގައިމު ފޮޓޮއެއްވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މިއީ ވަރުން ރާއްޖޭގައި ޗުއްޓިހޭދަކުރުމަށް އައި ތިން ވަނަ ފަހަރުކަމަށްވާއިރު، އޭނާގެ ޗުއްޓިހޭދަކުރުމަށް އެންމެ އަންނަހިތްވާ މަންޒިލަކީ ރާއްޖެ ކަމަށް މީގެކުރިންވަނީ ބުނެފައެވެ. ވަރުން މީގެކުރިން ރާއްޖެ އައިސްފައިވަނީ 2015 ގެ އިތުރުން 2018 ގައެވެ.

ކަރަން ޖޯހަރުގެ ފިލްމް “ސްޓޫޑެންޓް އޮފް ދި އިޔާ” އިން ބޮލީވުޑްއަށް ނުކުތް ވަރުން އަކީ ބޮލީވުޑްގައި މިހާރު ފިޔަ ޖަހަމުން އަންނަ ކާމިޔާބު އެކްޓަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ