އެސްޓީއޯގެ ތެޔޮ ބޯޓެއް ކާށިދޫ ފަރަށް އަރައިފި

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބޯޓެއް ކ.ކާށިދޫ ފަރަށް އަރައިފިއެވެ.

މިރޭ ހިނގި މި ހާދިސާގައި ކާށިދޫ ފަރަށް އަރާފައިވަނީ، އެސްޓީއޯގެ ތެޔޮ ބޯޓް "މާތޮޅި" އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، އެސްޓީއޯގެ ތެޔޮ ބޯޓެއް ކާށިދޫ ފަރަށް އަރާފައިވާ ކަމަށާއި، އެ ހާދިސާގެ ރިޕޯޓް އެ ސަރވިސް އަށް ލިބިފައިވަނީ މިރޭ އިރާކޮޅު 18:44 ހާއިރު ކަމަށެވެ.

މި ބޯޓް ފުންކުރުމަށްޓަކައި ކާށިދޫ ކައުންސިލާ ގުޅިގެން އެ ބޯޓް ކަފުޖަހާނެ ދޯންޏެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގެ ރިޕޯޓް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މަޢުލޫމާތު އެނގޭ ފަރާތަކުން މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި ކާށިދޫ ފަރަށް އެރި ތެޔޮ ބޯޓް ނައިފަރުން ތެޔޮ ބަރުކޮށްގެން ކާށިދޫއަށް ވަންނަން ދިޔަ ބޯޓެކެވެ. އެ ހާދިސާ ހިނގާފައިވަނީ ކާށިދޫއަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.

ކާށިދޫ ނެރުމައްޗަށް ތެޔޮ ބަރުކޮށްފައި އޮތް ބޯޓެއް އަރާފައި މިވަނީ 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވާ ވައިޓް އެލާޓް ނެރެފައިވާ ވަގުތެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް