އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނަގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕަށް ކޮވިޑް-19 ޖެހުނު ޙަބަރާއެކު، ޓްރަމްޕްގެ ބުދެއް ބަހައްޓައިގެން އަޅުކަންކުރި އިންޑިއާގެ މީހަކު ހިތް ހުއްޓިގެން މަރުވެއްޖެއެވެ.
ކްރިޝްނާ ބުއްސާ މަރުވެފައިވަނީ، ޓްރަމްޕަށް ކޮވިޑް-19 ޖެހުމުން ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު، ވައިޓް ހައުސްއަށް ބަދަލުވިތާ ހަ ދުވަސްފަހުންކަމަށް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ކްރިޝްނާގެ މަންމަ މީޑީއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުމުން، ކެއިންބުއިމާއި އަދި ނިދުމާއި ކްރިޝްނާ ދުރުވިކަމަށެވެ. އަދި ހުރިހާ ވަގުތެއް ހޭދަކުރީ ވިސްނުމާއި ފިކުރުގައިކަމަށް ބުންޏެވެ.
ޓްރަމްޕަށް ކޮވިޑްޖެހުނު ޚަބަރު ލިބުމުން ޓްރަމްޕަ އަވަހަށް ރަނގަޅުވޭތޯ ރޮއިރޮއިފައި ކްރިޝްނާ ވަނީ ފޭސްބުކްގައި ޕޯސްޓެއްވެސް ކޮށްފައެވެ.
ކްރިޝްނާއަށް މީހުންގެ މަލާމަތާއި ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެ، މީޑީއާގެ ސަމާލުކަން ލިބުނީ، މީގެ 4 އަހަރު ކުރިން 14 ލައްކަ ރުޕީސް ހޭދަކޮށްގެން އޭނަގެ އަމިއްލަ ގޭގައި ޓްރަމްޕްގެ ބުދެއްހެން ފައްޅިއެއްހަދާ އަޅުކަންކުރަން ފެށުމާއެކުއެވެ.
މީގެ އިތުރުންވެސް، އޭނާ ވަނީ އަމިއްލަ ގޭގައި ޓްރަމްޕްގެ ނަން ލިޔެ ފޮޓޯ ތަތްކޮށްފައެވެ. އަދި ކޮންމެ ދުވަހަކު އޭނާ އައީ ޓްރަމްޕްގެ މި ބުދަށް އަޅުކަންކުރަމުންނެވެ.