އައްޑޫ ސިޓީގައި ރޭ ޒުވާނަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، މި މާރާމާރިއާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ކަތިވަޅީގެ ހަމަލާ އަމާޒުވި ޒުވާނާގެ އަތުގެ ދެ އިނގިލި ބުރިވެފައިވާއިރު، އުނަގަނޑާއި، ފަޔާއި ބުރަކަށްޓަށްވެސް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެސް މަޢުލޫމާތު ލިބިފަައިވެއެވެ.
ފުލުހުން ރޭ ވިދާޅުވެފައިވަނީ، އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުމުގައި ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް ރޭ 12:28 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މާރާމާރީގައި އަނިޔާލިބުނު މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން. އަނިޔާލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވޭ.” ފުލުހުން ވިދާޅުވިއެވެ.



