އައްޑޫ މާރާމާރީ: 25 އަހަރުގެ މީހަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޒުވާނަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، މި މާރާމާރިއާއި ގުޅިގެން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ކަތިވަޅީގެ ހަމަލާ އަމާޒުވި ޒުވާނާގެ އަތުގެ ދެ އިނގިލި ބުރިވެފައިވާއިރު، އުނަގަނޑާއި، ފަޔާއި ބުރަކަށްޓަށްވެސް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެސް މަޢުލޫމާތު ލިބިފަައިވެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އައްޑޫ ސިޓީގައި2 ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ޒަހަމްވި މީހާއަށް އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، މާރާމާރީގައި އަނިޔާލިބުނު މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ