މި މަހުގެ 29 ގައި ސިފައިންގެ ތަމްރީނެއް ކުރިއަށްގެންދާތީ ސަމާލުވާން އެދެފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު އަސްކަރީ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދާތީވެ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދީގެން ދަތުރުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެދިވަޑައިގަންނަވައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ،  އެ ދުވަހުގެ ހަވީރު 5:00 އިން ރޭގަނޑު 11:00 ކ. ތަނބުރުދޫ އާއި އަސްކަރީ ތަމްރީނުތަކަށް ސިފައިން ބޭނުން ކުރާ ގިރިފުށީގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ތަމްރީނުތައް ސިފައިން ކުރިޔަށް ގެންދާނެކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މިނީފްލޭއަރ، ޕެރަޝޫޓް ފްލޭއަރ

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 300 މީޓަރ

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރ

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ.ތަނބުރުދޫ އަދި ގިރިފުއްޓާއި ދިމާމަތި

އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރާކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މީގެ ކުރިން މިފަދަ ހަރަކާތެއްގައި ކަނޑުމަތީގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް އުންޑަ އަރާ ޒަހަމްވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ