މުދާ އުފުލާ ދޯންޏެއް އިންޖީނު ހުއްޓި ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވެއްޖެ

މުދާ އުފުލާ ދޯންޏެއް އިންޖީނު ހުއްޓި ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ އިންޖީނު ހުއްޓި ދިޔަވެފައި ވަނީ މާލެއިން ފުރައިގެން ގއ. ދެއްވަދޫއަށް ދަތުރު ކުރި 57 ފޫޓުގެ "އިރު އަލިމަސް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްކަމަށެވެ.

މި ހާދިސާ ހިނގިއިރު ދޯނި އޮތީ މ. އަތޮޅުތެރޭގައެވެ. މި ދޯނީގައި 7 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

ދޯނި އިންޖީނު ހުއްޓި ދިޔަވާކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ 12:53 ހާއިރުއެވެ. ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ކޯސްޓްގާޑް ސްކޮޑް އިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު މި ހާރު މި ދޯނި ވަނީ މ. ކޮޅުފުށީ ބަނދަރަށް ވައްދާފައިކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.

މި ދިޔަ ހުކުރު ދުވަހުވެސް ވަނީ 8 މީހުންނާއެކު ދަތުރު ކުރި ބޯޓެއް އިންޖީނު ހުއްޓި ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ