ޓޫރިޒަމްގެ ބިޑް މީޓިންގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

ޓޫރިޒަމް މިނިސްޓްރީން މިއަދު އޮންލައިންކޮށް ބޭއްވި ޕްރީބީޑް ބައްދަލުވުމެއްގައި ބައިވެރިވި ފަރާތަކުން ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕުގައި މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންބުނީ، މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި ފުލުހުންދަނީ މިމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި އޮންލައިން މީޓިން އެއްގައި ބައިވެރިވި މީހަކު ބަދުއަހުލާގީ މަންޒަރު ތަކެއްް ދެއްކި މައްސަލައެއް ފުލުހުންނަށް މިއަދު ހުށަހަޅައިފައިވޭ، މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުން" ފުލުހުން ވިދާޅުވިއެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ބައިވެރިވި މިބައްދަލުވުމުގައި ބަރަހަނާ މަންޒަރު އެޅުވީ، އެ ބައްދަލުވުމުގައި ބައިވެރި އާންމު ފަރާތަކުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މި މަންޒަރު އެޅުވުމާއެކު މިނިސްޓްރީއިން މިބައްދަލުވުން މެދުކަނޑާލައިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގައި ކުރިން ހުއްނެވި އަލީ ވަހީދު އެ މަގާމުން ވަކިކޮށްފައިވަނީ ބަދުއަހުލާގީ އަމަލުތަކެއްގެ ތުހުމަތުގައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ