ބޯޑަރު ހުޅުވާލިފަހުން 44,365 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފި

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިދިޔަ މަހުގެ ނިޔަލަށް 44,365 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ގައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އިން އާންމު ކޮއްފައިވާ ތަފާތު ހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހު އެކަނި ދުނިޔޭގެ އެކިއެކި ޤައުމުތަކުން ރާއްޖެއަށް 21,515 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެދުވަހު 1,590 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯދަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ރަޝިއަން ފެޑަރޭޝަން އިންނެވެ. އެގޮތުން ރަޝިއަން ފެޑަރޭޝަން އިން ވަނީ 9,519 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ޔޫކޭ އިންނެވެ. ޔޫކޭއިން 3,817 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ. އެގޮތުން ޔޫއޭއީ އިން 3,683 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓުއަރިޒަމް ދާއިރާ ވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައެވެ. ޓުވަރިޒަމް އަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ އެއްދާއިރާއެވެ. އެހެން ކަމުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި އެތައް ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ