މާލޭގެ ކަރަންޓުގެ މައްސަލައިގެ ހައްލަކީ މާލެއާއި ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުން: މުއިއްޒު

ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މާލެއާއި ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުން ކަމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ވެރިރަށް މާލޭގެ ބޮޑުސަރަހައްދަކުން މިއަދު ހެނދުނު ކަރަންޓް ކެނޑުމާއި ގުޅިގެންނެވެ.

ކަރަންޓު ކެނޑުމާއި ގުޅިގެން ސްޓެލްކޯއިން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށާއި އެ މައްސަލަ ހައްލުކޮަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން ކަމަށެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖް ހުރަސްކޮށް މާލެއާއި ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުމަށް މީގެ3 އަހަރު ކުރިން ފައްޓަވާފައިވާ މަޝްރޫ އަވަހަށް ނިންމުމާއި، މާލޭ އިންޑަރސްޓްރިއަލް ވިލެޖް އިން ސްޓެލްކޯ އަށް2018 ވަނަ އަހަރު ދީފައިވާ ބިމުގައި ގާއިމްކުރަން ހަވާލުކުރި ޕަވާހައުސް ގާއިމްކުރުމަކީ މާލޭގެ ކަރަންޓުގެ މައްސަލައަށް ދިމާވި ހައްލުކަމަށެވެ.

މާލޭގެ ބައެއް ހިސާބުތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައިކަމަށާއި އަދި ކުރިއަށް ވަގުތުތަކުގައި މާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓު ދެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ