ފޮޓޯ: ޓްވިޓަރ

އައްޑޫގައި 2 ކާރެއްޖެހި އެކްސިޑެންޓެއްވެއްޖެ

އައްޑޫ ސިޓީގައި ދެ ކާރެއްޖެހި އެކްސިޑެންޑެއް ހިނގައިފިއެވެ.

މި ނޫހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކުރިމަތީގައި ކަމަށާއި މި އެކްސިޑެންޓްގައި ކާރުދުއްވަންހުރި ދެމީހުންގެ އަތުގައިވެސް ލައިސެންސް އޮތްކަމަށެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ވަންނަންދިޔަ ކާރެއްގައި ފަހަތުން އައި ކާރެއް ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސްމީހަކަށް އަނިޔާއެއްލިބިފައިނުވާކަމަށް ފުލުހުން މި ނޫހަށް މައުލޫމާތުދެއްވިއެވެ.

ނަމަވެސް ފުލުހުން ވިދާޅުވީ ދެ ކާރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށާއި މި މައްސަލަ މިހާރުދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ