އިލެކްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް | ފޮޓޯ : މިހާރު

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތަކަށް އޭޖީގެ ލަފަޔަކަށް އެދިއްޖެ

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ހިމަނާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެގޮތުން އީސީ އިން މިއަދު ވިދާޅުވެފައި ވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓް ބަންޑާރަ ނައިބުގެ އޮފީހަށް މިއަދު ވަނީ ފޮނުވާފައެވެ.

އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި މި އިސްލާހުތައް ހިމަނާފައި ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިންނެވެ.

އެގޮތުން ޝަރީފް ވަނީ މި މަޝްވަރާތައް ފެށުމުގައި ވާހަކަ ފުޅުދައްކަވަމުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ގެންނަނީ އެއްވެސް ފަރާތެއްގެ ޕްރެޝަރު އޮވެގެނެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓްގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭ ގޮތުންނާއި ޕާޓީތަކުން ދަރަންޏަށް ޒިންމާ ވުމާއި ގުޅޭ ގޮތުންވެސް ވަނީ އިސްލާހުތައް ހިމެނިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ