މި އަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 40،000 އަށްވުރެ އިތުރުވެއްޖެ

ޓުއަރިޒަމް އިންޑަސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 40،000 އަށްވުރެ އިތުރުވެއްޖެއެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްގެއަށް ޒިޔާރަތްކޮށްފައިވަނީ 420،315 ފަތުރުވެރިންނެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 37،468 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމުން ސެޕްޓެމްބަރ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 61 އިންސައްތަ އިތުރުވެފައެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް މި އަހަރު އަންނާނީ 500،000 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޯޑަރު ހުޅުވާލުމާއެކު އެވްރެޖުކޮށް ދުވާލަކު ރާއްޖެ އަންނަ ޓުއަރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 7,507 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގޮތުން ޔޫއޭއީ އިން ވަނީ 3,479 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓުވަރިޒަމް ދާއިރާ ވަނީ އެއްކޮށް ހުއްޓިފައެވެ. ޓުވަރިޒަމް އަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ދާއިރާއެވެ. އެހެން ކަމުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި އެތައް ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފައެވެ.

އެހެންނަމަވެސް ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަސް ތަކެއް އޮތުމަށްފަހު ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ބައެއް ރިސޯޓްތައް ވަނީ ހިންގަން ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ