ރާއްޖޭގައި ނެތް ބިދޭސީންގެ ވާރކް ވީޒާ ފީ އޮންލައިންކޮށް ދެއްކޭނެގޮތް ހަމަޖައްސައިފި

ރާއްޖޭގައި ނެތް ބިދޭސީންގެ ވާރކް ވީޒާ ފީ އޮންލައިންކޮށް ދެއްކޭނެގޮތް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންއިން ބުނީ، ވާރކް ވީޒާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވާރކް ވީޒާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވީޒާ ކެންސަލްނުކުރެވިވާ ފަރާތްތަކުގެ ވީޒާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން ވާރކް ވީޒާ ފީ ދެއްކެވުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" IM41 ފޯމު ފުރިހަމަކުރުމަށްފަހު، [email protected] އަށް މެއިލް ކުރެއްވުމުން، ރަސްމީ މަސައްކަތު 07 ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެކަމަށާއި އަދި ފީ ދެއްކެވުމަށް ބޭނުންފުޅުވާ މީހާގެ ރެކޯޑް ސިލެކްޓް ކުރުމުން، ވީޒާ ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ފެނިގެންދާނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އަދި "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" IM41 ހުށަހަޅާނީ، ވާރކް ވީޒާ ފީ ދެއްކުމަށްފަހު ވީޒާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމަށާއި، އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކެވުމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކުމަށް ސަމާލުކަން ދިނުމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ