ވާރކް ވީޒާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވާރކް ވީޒާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވީޒާ ކެންސަލްނުކުރެވިވާ ފަރާތްތަކުގެ ވީޒާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
އިމިގްރޭޝަނުން އިއް ނެރުނު އިއުލާނެއްގައި ވިދާޅުވީ، ވާރކް ވީޒާ ފީ ދެއްކެވުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" ފުރިހަމަ ކުރުމަށްފަހު، މެއިލް ކުރެއްވުމުން، ރަސްމީ މަސައްކަތު 07 ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެކަމަށެވެ. އަދި މެއިލް ކުރައްވަން ޖެހޭނީ [email protected] އަށް ކަމަށް ވިދާޅުވިއެވެ.
އަދި ފީ ދެއްކެވުމަށް ބޭނުންފުޅުވާ މީހާގެ ރެކޯޑް ސިލެކްޓް ކުރެއްވުމުން، ވީޒާ ފީގެ ގޮތުގައި ދައްކަވަންޖެހޭ އަދަދު ފެނިވަޑައިގަންނަވާނެ ކަމަށާއި "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" ހުށަހަޅުއްވާނީ، ވާރކް ވީޒާ ފީ ދެއްކުމަށްފަހު ވީޒާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމުގައި އިމިގްރޭޝަނުން ވިދާޅުވިއެވެ.
އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކެވުމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކެވުމަށް ސަމާލުކަން ދެއްވުން އެދޭކަމަށް ވިސް ވިދާޅުވިއެވެ.




