ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކައުބަތުﷲ ގެފުޅު ހުންނަ މަސްޖިދުލް ހަރަމްގެ ދޮރުގައި ޖެހިއްޖެއެވެ.
ސައިދީ ގަޑިން ރޭ 10:30 ހާއިރު ހިނގި މި ހާދިސާގެ މާ ބޮޑު ތަފްސީލެއް އަދި ހާމަކުރައްވާފައި ނުވާއިރު މި ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދިޔަ މި ކާރު މިސްކިތުގެ ދޮރުގައި ޖެހޭތަން ފެނެއެވެ. އަދި ކާރު ދޮރުގައި ޖެހުމުން ސެކިއުރިޓީ އަށް ހުރި މީހުން ކާރާ ދިމާއަށް ދާތަން ފެނެއެވެ.
UPDATE | A Hyundai car, beige colored, collided at Door 89 of Masjid Al Haram at 10:25 pm And the driver was arrested inside the expansion of King Fahad No one was hurt, Alhamdulillah pic.twitter.com/C4TX6cvODs
— Haramain Sharifain (@hsharifain) October 30, 2020
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާއިރު ކާރު ދުއްވަން ހުރި މީހާ ހައްޔަރު ކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ސައުދީ ސަރުކާރުން ހަރަމްފުޅު އާންމުކޮށް ހުޅުވާލައިފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ހަތްމަސްދުވަސް ވަންދެން ހަރަމްފުޅު ނަމާދުތަކަށް އާމުންނަށް ހަރަމްފުޅު ބަންދުކޮށްފައި ބޭއްވުމަށް ފަހު މި މިހުގެ މެދުތެރޭގައެވެ.



