ފުރަތަމަ ޞަފްޙާޕްރެސް އޮފީސްޚަބަރު ޚަބަރު އެމް.އެން.ޑީ.އެފް.ގެ ސީނިއަރ އޮފިސަރުންގެ "ރޭންޖް ޑޭ 2020" ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ، ފޮޓޯ : ރައީސް އޮފީސް

އެމް.އެން.ޑީ.އެފް، "ރޭންޖް ޑޭ 2020" ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ގިރިފުށީ ޓްރޭނިންގ ސެންޓަރަށް ވަޑައިގެން އެ ތަނުގައި ކުރިއަށްދިޔަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސީނިއަރ އޮފިސަރުންގެ "ރޭންޖް ޑޭ 2020" ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ގިރިފުށްޓަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް ރަޙީމް ޢަބްދުލް ލަތީފު އެވެ. އަދި އަރިހުގައި އެމް.އެން.ޑީ.އެފް.ގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ވިދާޅުވޯ، މިއަދު ގިރިފުށީ ޓްރޭނިންގ ސެންޓަރު އަލުން ހުޅުވިގެން މި ދިޔައީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުމަށްފަހުގައިމަށެވެ އަދި، އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންތައްތަކުގެ ތަފްޞީލު އެމް.އެން.ޑީ.އެފް އިން ވަނީ ޕްރެޒެންޓޭޝަނަކާއެކު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކޮށްފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިއަދުގެ މި ހަރާތުގައި ގިރިފުށި ރޭންޖުގައި ބޭނުންކުރާ ހަތިޔާރުތައް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދައްކާލާފައިވާކަމަށާއި އަދި އެމް.އެން.ޑީ.އެފްގެ ވެޕަންސް އިންސްޓްރަކްޓަރއެއް ރައީސުލްޖުމްހޫރިއްޔާއަށް ހަތިޔާރުތަކާ ގުޅޭ މަޢުލޫމާތު ވެސް އަރުވާފަވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހުރިއްޔާ ފަޔަރ ޓާރގެޓްތައް ބައްލަވާލައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެމް.އެން.ޑީ.އެފް އިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ރޭންޖް ޑޭ އަކީ ސިފައިންގެ އޮފިސަރުން ބައިވެރިވާ ހަރަކާތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ