ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބޮލީވިއާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި އެވެ.
ދެގައުމުގެ މެދުގައި އަލަށް ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމަށްފަހު އެކަމާއި ބެހޭ ލިޔުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
މި ޚާއްޞަ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ތިލްމީޒާ ހުސޭނެވެ. އަދި ބޮލީވިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ސަޗާ ސާޖިއޯ ލޮރެންޓީ ސޯލިޒް އެވެ.
The Maldives and Bolivia establish diplomatic relations. The Permanent Representatives of both countries signed the joint communiqué in New York today. The Maldives looks forward to further enhancing cooperation with Bolivia in the future. ???? pic.twitter.com/Eu2tAUGbws
— Maldives Mission NY (@MVPMNY) May 31, 2019
އެމެރިކާގައި ހުންނަ ރާއްޖޭގެ މިޝަނުން ވިދާޅުވީ، ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމާއެކު ބޮލީވިއާއާ ގުޅުން ބަދަހިކޮށް މުހިއްމު މަސައްކަތްތައް ކުރިމަގުގައި ކުރަން އުއްމީދު ކުރާ ކަމަށެވެ.