މިއަދު ސަރުކާރުގައި ތިބީ ނޮވެންބަރު 3 ކަލަންޑަރުގައި ނެތް ބައެއް: އިދިކޮޅު

މިއަދުސަރުކާރުގައި ތިބީ ނޮވެންބަރު 3 ކަލަންޑަރުގައި ނެތް ބައެއްކަމުގައި އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވީ އެމްޑީޕީގެ ކަލަންޑަރުގައި 3 ނޮވެންބަރު ނެތަސް، ޕީޕީއެމް ޕީއެންސީގެ ކަލަންޑަރުގައި، ރައީސް ޔާމީންގެ ފިކުރުގައި 3 ނޮވެންބަރަކީ ބިންވަޅު ނެގިގެންވާ ތާރީޚެއްކަމަށެވެ.

ޝުޖާޢު ވިދާޅުވީ މި ދުވަސް ފާހަގަ ކުރުން އެބޭފުޅުން ވީހާލެއްގައި ބާއްވާނެކަމަށާއި، ޕީޕީއެމްގެ ފިކުރު ފެށުނީއްސުރެންވެސް މި ތާރީޚާކީ ޚާއްސަ ތާރީޚެއްކަމަށެވެ.

ސަރުކާރުން ވަރަށް ބޮޑެތި ތަފާތު ކުރުންތަކެއް އިދިކޮޅު ކޯލިޝަނާއި ދޭތެރޭގައި ގެންގެޅެމުންދާކަމަށް ތުހުމަތުކޮށް ޝުޖަޢު ވިދާޅުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ ވަރަށް ޒިންމާދާރުކަން ކުޑަކަމަށާއި، އެއާއެކު މާލޭ ސިޓީ ކައުންސިލްވެސް ހަމަ އެހާ ޒިންމާދާރު ކަން ކުޑަކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނޮވެންބަރު 3 ގައި "ބަޑި ބްރާސްފަތި" ގެ ނަމުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ އިޢުލާނުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް މާލޭ ސިޓީ ކައުންސިލުގައި އެދުމުން އެ ކައުންސިލުން ވަނީ މި ޖަލްސާ ބޭއްވުމަށް އެކައުންސިލަށް ހުއްދަ ދެވެން ނެތް ކަމަށް އަންގާފައި ކަމަށާއި އަދި އެޗްޕީއޭއިން ހުއްދަ ހޯދުމަށް އެދިފައިކަމަށެވެ. އެޗްޕީއޭ އިން ވަނީ މިޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް އެދިފައި ކަމުގައި އެ ކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އިދިކޮޅު ކޯލިޝަނުން ވަނީ މި ޖަލްސާ ޕީޕީއެމް އޮފީސް ކުރިމަތީ ބޭއްވުމަށް ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ