އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް | ފޮޓޯ: އަވަސް

އީކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް ޑރ. މުޙައްމަދު ޞާލިޙް

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި މަޤާމަށް އައްޔަން ކުރައްވާފައި ވަނީ ސ.ހުޅުދޫ، ކުއްޅަވައްގެ، ޑޮކްޓަރ މުޙައްމަދު ޞާލިޙްއެވެ. އޭނާ މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާއި އެ ފެންވަރުގައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮންސަލްޓޭޝަން ޚިދުމަތް ފަށާފައި ވަނީ 2020 ޖަނުއަރީ 15 ވަނަ ދުވަހުއެވެ.

އެ ހޮސްޕިޓަލުން ވަނީ މިއަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހުކާމިޔާބު ކަމާއެކު ނިއުރީ ސާޖަރިއެއް ކޮށްފައެވެ. މިއީ އެ ހޮސްޕިޓަލުގައި ކުރެވުނު ފުރަތަމަ ނިއުރޯ ސާޖަރީ އެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތް ދޭން ފެށުމާއެކު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ރައީސް އޮފީހުން ހެލްތު މިނިސްޓްރީ އަށް ވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ