ރަޝިއާގައި ސޮސެޖު ކިންގުގެ ގޮތުގައި މައްޝޫރުވެފައިވާ ބިލިއަނަރ ވޮލްޑިމިއާ މަރުގޮވް އަށް ދުނިބަޑިން ހަމަލާދީ މަރާލައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މަރުގޮވް އަށް ހަމަލަދީފައިވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއެކު "އައުޓުޑޯރ ސޯނާ" އެއްގައި ތިއްބައެވެ. މި ހަމަލާގައި މަރުގޮވްގެ ބައިވެރިޔާ މަރުވެފައި ނުވާއިރު ފުލުހުންނަށް މި ހަމަލާ ރިޕޯޓް ކޮށްފައިވަނީ އޭނާއެވެ.
މިމައްސަލައިގައި ފުލުހުން ބުނެފައިވަނީ މަރުގޮވް މަރުވެފައި އޮތްއިރު ކައިރީގައި ދުނިބަޑިޔެއް އޮތްކަމަށާއި މި ހަމަލާ ދީފައިވަނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ބަޔެއް ރިޕޯޓްތައް ބުނާގޮތުން މަރުގޮވް މަރާލައިފައިވަނީ ފައިސާއަށް ޑިމާންޑް ކުރުމަށް ފަހުއެވެ. އަދި މިހަމަލާދިން މީހުން ފިލަން ބޭނުންކުރި ކާރު ފުލުހުން މިހާރުވަނީ ހޯދައިފައެވެ.
މަރުގޮވްއަކީ ރަޝިއާގައި އެންމެ ފުޅާދާއިރާއެއްގައި މަހުގެ ބާވަތްތައް އުފުއްދާ ވިއްކުމުގައި ހަރަކާތްތެރިވާ ފަރާތެވެ. މިގޮތުން މިފަދަ ގިނަ ކުންފުނިތައް ކޮންޓުރޯލްކުރަނީ މަރުގޮވްއެވެ.



