އަމާޒަކީ ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް އާދިއްތައިގެ ކުރިން ނިންމުން: އެމްޓީސީސީ

ހއ. ހޯރަފުށީ އަޅަމުންދާ އެއާރޕޯޓުގެ 84 އިންސައްތަ މަސައްކަތްނިމިފައިވާ ކަމުގައި އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވެފައި ވަނީ މި މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފަިއވާ ކަމަށާއި މި މަޝްރޫޢުގެ ދަށުން، ރަންވޭ އެޅުމުގެ މަސައްކަތުގެ 99 ޕަސެންޓްއާއި، ޓަރމިނަލް ބިލްޑިންގ އެޅުމުގެ 75 ޕަސެންޓް މަސައްކަތާއި، ފަޔަރ ބިލްޑިންގ އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ 08 ނޮވެމްބަރ 2020 ގެ ކުރިން މަސައްކަތް ނިންމުންކަމަށެވެ.

ހޯރަފުށީ އެއަރޕޯޓްގެ މަޝްރޫޢުގެ ދަށުން، 37،425 އަކަ މީޓަރުގެ ރަންވޭއެއް އެޅުމާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އެޅުމާއި، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ޤާއިމުކުރުމާއި، ޕަސެންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ވަނީ ބައްލަވާލައްވާފައެވެ.

ޖުމްލަ 842200 ކުއިބިކް މީޓަރުގެ ބޮޑު ސަރަހައްދެއްވަނީ އެއާޕޯޓު އެޅުމަށްޓަކައި ހިއްކާފައެވެ. މި އެއާޕޯޓުގައި 1120 މީޓަރުގެ ހިލަ ތޮއްޓެއްވެސް ވަނީ ލައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި އެއާޕޯޓު ހެދުމަށް ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރި އެވެ. ނަމަވެސް، މި ސަރުކާރުން ނިންމާފައިވަނީ ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް ހަދާށެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ