އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި އެކަހެރިކޮށްގެން ފަރުވާ ދެމުން ދަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ނަތީޖާ ނެގަޓިވް ވެއްޖެއެވެ.
އައްޑޫގައި ކަރަންޓީނުގައި ހުރި އެމީހާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވުމާއެކު އެކަން ބެލުމުން އެއީ އިންކޮންކްލޫސިވް ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަށް އެޗްއީއޯސީން ބުނެއެެވެ.
އަދި ފަހުން އެމީހާގެ ސާމްޕަލް ނަގާއި މާލެ ގެނެސް ޓެސްޓްކުރެވުނުއިރު ނަތީޖާ ނެގެޓިވް ކަމަށް ބުނެއެެވެ.
އެމީހާ ކަރަންޓީނުގެ އުސޫލާއި ހިލާފުވެފައިވާ ކަމަށް ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ. އެހެންނަމަވެސް އެރަށުގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަން އެއްގޮތަކަށް ވެސް އަދި ފާހަގަނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިވަގުތު އައްޑޫގައި ހަތަރު އެކްޓިވް ކޭސް އެބަ އުޅެ އެވެ. އެއީ އައްޑޫ ހިތަދޫ އިން ތިން މީހަކާއި ފޭދޫން އެކަކެވެ.




