މާލެ ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ށ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.

މޯލަޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ޅޮއްސަލަފުށި ކިޔާ ފަޅުރަށެއްގެ ފަރަށް ސަޕްލައި ދޯންޏެއް އެރުމާއި ގުޅިގެން އެ ސަރވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދާރން އޭރިއާގެ އުލިގަމު ޕޯސްޓަށް ލިބިފައިވަނީ މިރޭ 10:49 ހާއިރު ކަމަށާއި، އެއާއެކު ނޮދާރން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"މި ހާދިސާ ހިނގިއިރު ދޯނީގައި ތިބީ ތިން މީހުން. އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ފަރަށް އެރި ދޯންޏަށް އެހީތެރިވުމަށް އެމްއެންޑީއެފްގެ ޑައިވަރުން އެސަރަހައްދަށް ފައިބައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެސަރަހައްދުގެ ކަނޑު ގަދަކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުންދާއިރި، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ