ކަޝްމީރުގައި އިންޑިއާ ސިފައިންގެ ހަތަރު މީހުން މަރާލައިފި

ކަޝްމީރުގެ ލައިން އޮފް ކޮންޓުރޯލްގައި އިންޑިއާ ސިފައިންނާއި ހަނގުރާމަވެރިންނާއި ދެމެދު ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި އިންޑިއާ ސިފައިންގެ ހަތަރު މީހުން މަރުވެ ހަނގުރާމަވެރިންގެ ތިންމީހުން މަރުވެފައިވާކަމަށް އިންޑިއާ ސިފައިން ބުނެފިއެވެ.

އިންޑިއާ ސިފައިންގެ ތަރުޖަމާނަކާއި ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ، އިންޑިއާ ސިފައިން ހަނގުރާމަވެރިންނާއި ކުރިމަތިލައިފައިވަނީ ލައިން އޮފް ކޮންޓުރޯލް ނުވަތަ އެލް.އޯ.ސީ އިން ހަނގުރާމަވެރިންގެ ބަޔެއްކަމަށް ޝައްކުކުރެވޭ ބަޔަކު ފެނިގެން ކަމަށެވެ.

މިއަދު ހެދުނު ހިނގި މި ކުރިމަތިލުންތަކަކީ މިއަހަރުގެ އޭޕްރީލް މަހުގެ ފަހުން ހިނގި މިފަދަ އެންމެ ބޮޑު ކުރިމަތިލުމެވެ. އަދި މިއީ އޭޕްރީލް މަހުގެ ފަހުން މިހާ ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަނގުރާމަވެރިންގެ ހަމަލާތަކުގައި މަރުވިވެސް ފަހަރެވެ. އޭޕްރީލް މަހު ކަޝްމީރުގައި ހިނގި ކުރިމަތިލުމެއްގައި އިންޑިއާ ސިފައިންގެ ފަސްމީހުންވަނީ މަރުވެފައެވެ.

ކަޝްމީރަކީ އިންޑިއާ އަދި ޕާކިސްތާނުން އެތަނެއްގެ މިލްކުވެރިކަމަށް ދައުވާކުރާ ދެގައުމު ހިއްސާ ސަރަހައްދީ ރޮނގުގައި އޮއްނަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ސަރަހައްދެކެވެ. ކަޝްމީރުގެ މެޖޯރިޓީ އާބާދީއަކީ މުސްލިމުންނެވެ. އިންޑިއާ ސިފައިން މިފަހަކަށް އައިސް އައްނަނީ މިސަރަހައްދުގައި ހިނދީންގެ އާބާދީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކަޝްމީރަކީ ގުދުރަތީ ރީތިކަމެއް ލިބިގެންވާ ސަރަހައްދެއް

ކަޝްމީރުގެ އިންޑިއާ އާއި ވީފަޅީގެ ގިނަ މީހުންވެސް އިންޑިއާގެ މަރުކަޒީ ސަރުކާރުގެ މި ނިންމުމާއި ދެކޮޅެވެ. މީގެކުރިންވެސް މިސަރަހައްދުގައިވަނީ އިންޑިއާ ސަރުކާރާއި ދެކޮޅަށް ބޮޑެތި އެއްވުންތައް ބާއްވައި މުޒާހަރާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ