ރަޝިއާގެ އަސްކަރީ ބޭހެއްގައި އެގައުމުގެ ސިފައިންގެ މީހަކު ދިން ހަމަލާއެއްގައި ތިން ސިފައިންގެ މީހުން މަރުވެއްޖެއެވެ.
މި ހަމަލާ ދީފައިވަނީ ރަޝިއާގެ ދެކުނުގެ އަސްކަރީ ބޭހެއްގައެވެ. ބަޑިން ހަމަލާދިނުމުގެ ކުރިން ހަމަލާދިން ސިފައިންގެ މީހާވަނި ފުރޯއަކުން އޮފިސަރަކަށް ހަމަލާދީ އެމީހާގެ އަތުގައި އޮތް ފިސްތޯލައެއް ހޯދައިފައެވެ. އަދި އޭގެފަހުން އެ ފިސްތޯލުން ހަމަލާދީ އިތުރު ދެ ސިފައިންގެ މީހުންވަނީ މަރާލައިފައެވެ.
މި ހަމަލާގައި އިތުރު ސިފައިންގެ މީހަކަށްވެސް ހަމަލާދީފައިވާ ކަމަށާއި ނަމަވެސް މި ހަމަލާގައި އެ ސިފައިންގެ މީހާ މަރުވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ހަމަލާދިން ސިފައިންގެ މީހާ މިހާރު އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު ހަމަލާދޭން ދިމާވި އަސްލު ސަބަބެއް އަދި ހޯދިފައި ނުވާކަމަށް ރަޝިއާގެ އަސްކަރިއްޔާއިން މައުލޫމާތު ލިބެއެވެ.
ބަޔެއް ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ސިފައިންގެ މެދުގައި ހިނގި ދެބަސްވުމަކާއި ގުޅިގެން ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށްފަހުގައެވެ. އަދި މި ހަމަލާދިންމީހާ އަށް ސިފައިން ގޯނާކޮށްފައިވާ ކަމަށްވެސް ބަޔެއް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.



