"ދަ ވިޗާ": ދެވަނަ ސީޒަންގެ ޝޫޓިން އަނެއްކާވެސް ހުއްޓުމަކަށް!

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެޓްފްލިކްސްއިން ނެރުނު އެމީހުންގެ އޮރިޖިނަލް ސީރީޒް “ދަ ވިޗާ” ގެ ދެވަނަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތް އަނެއްކާވެސް ހުއްޓުމަކަށް އައިސްފިއެވެ.

ކޮވިޑް-19 ގެ ޕެންޑެމްގެ ތެރެއިން މާޗް މަހު ފުރަތަމ މި ސީރީޒްގެ މަސައްކަތް ހުއްޓާލަން ޖެހުނީވެސް ފިލްމް ސެޓްގެ ތެރެއިން އެކްޓަރަކު ބައްޔަށް ޕޮޒިޓިވްވެގެންނެވެ. އޭގެފަހުން މި ސީރީޒްގެ ޝޫޓީން ކުރިއަށްދާ ޔޫކޭ ލޮކްޑައުންކުރުމާއެކު، މި މަސައްކަތް ހުއްޓުފައި އޮތުމަށްފަހު އަލުން ޝޫޓިން ފަށައިފައިވަނީ އޮގަސްޓް މަހުގައެވެ.

ނަމަވެސް ހަބަރުތައް ބުނާގޮތުން، މި ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތް އަނެއްކާވެސް ހުއްޓާލަން ޖެހިފައިވަނީ، ފިލްމް ސެޓުގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެގެންނެވެ. ނަމަވެސް އޭގެތެރޭގައި ސީރީޒްގެ އެއްވެސް މެއިން ކާސްޓަކު ނުހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ވީޑިއޯ ގޭމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ސީރީޒްގައި ވިޗާ ގެ ރޯލު ކުޅެފައިވަނީ، ޑީސީ ގެސުޕަރމެން ފިލްމްތަކުގައި އެ ސުޕަރމެންގެ ރޯލު ކުޅުނު އެކްޓަރ ހެންރީ ކެވްލް އެވެ. ހެންރީ އަކީ މި ޝޯގައި އެންމެންގެ ފޭވަރިޓްއެވެ.

މީގެ އިތުރުން، މި ސީރީޒް ގެ އަނެއް ފޭވަރިތް ކެރެކްޓަރ ކަމުގައިވާ “ޔެނިފާ” ގެ ރޯލު ކުޅެފައިވަނީ، އާންޔާ ޗަލޯތްރާއެވެ. މީގެ އިތުރުން، “ސީރީ” ގެ ރޯލު ކުޅެފައިވަނީ، ޒުވާން އެކްޓްރެސް “ފްރެޔާ އެލެން” އެވެ. ވިޗާ ގެ އިތުރުން މި ދެ ކެރެކްޓަރ އަކީ މި ސީރީޒްގެ މެއިން ކެރެކްޓަރ ތަކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ