"ދަ ވިޗާ"، ދެވަނަ ސީޒަންގެ ޝޫޓިން އަލުން ފަށަނީ!

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެޓްފްލިކްސްއިން ނެރުނު އެމީހުންގެ އޮރިޖިނަލް ސީރީޒް “ދަ ވިޗާ” ގެ ދެވަނަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތް އަލުން ފަށުމަށް ތައްޔާރުވެއްޖެއެވެ.

"ދަ ވިޗާ"ގެ ފުރަތަމަ ސީޒަންގެ ބޮޑު ކާމިޔާބީއަށްފަހު ދެވަނަ ސީޒަންގެ ޝޫޓިން މިއަހަރުގެ ފެބްރުއަރީ މަހު ފަށައިފައިވަނިކޮށް، ކޮރޯނާ ވައިރަސް ޕެންޑެމިކް އާއި ގުޅިގެން އެ ސީރީޒްގެ ޕްރޮޑަކްޝަން އެއްކޮށް ވަނީ މެދުކަނޑާލައިފައެވެ.

ނަމަވެސް ޙަބަރުތަކުގައި ރިޕޯޓު ކޮށްފައިވާގޮތުން، ސަރުކާރުން ދޭ އާ ސަލާމަތީ ހުއްދަތަކާއެކު، ފިލްމްތަކާއި ސީރީޒްތަކުގެ ޕްރޮޑަކްޝަން މަސައްކަތް އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެއާއެކު، ނެޓްފިލްކްސް އިންވެސް މި ފެންޓަސީ ސީރީޒްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޙަބަރުތަކުގައި ރިޕޯޓްކޮށް ފައިވެއެވެ.

އެޗްބީއޯގެ ގޭމް އޮފް ތްރޯންސް އަށް ވާދަކޮށްލާނެކަމަށް ބުނެ ނެޓްފްލިކްސް އިން “ދަ ވިޗާ” ނެރުނުއިރު، މިސީރީޒް ވެގެންގޮސްފައިވަނީ އަސްލުގައިވެސް މިވަގުތު ދުނިޔޭގެ އެންމެ މަޝްހޫރު ސީރީޒްއަށެވެ. މި ސީރީޒްގެ ބޮޑު ފޭން ބޭސް އެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮތްއިރު، ސީޒަން އެކެއް ނިމުމާއެކު އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ދެވަނަ ސީޒަންއަށެވެ.

ޝައުގުވެރި ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފެންޓަސީ މި ސީރީޒްގައި ވަރުގަދަ ފައިޓް ސީންތަކެއް ހެމެނޭއިރު، ވާހަކައިގައި ހިމަނާފައިވާ މެޖިކަލް ކަންތައްތައް ބެލުންތެންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފައެވެ.

ވީޑިއޯ ގޭމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ސީރީޒްގައި ވިޗާ ގެ ރޯލު ކުޅެފައިވަނީ، ޑީސީ ގެ ސުޕަރމެން ފިލްމްތަކުގައި އެ ސުޕަރމެންގެ ރޯލު ކުޅުނު އެކްޓަރ ހެންރީ ކެވްލް އެވެ. ހެންރީ އަކީ މި ޝޯގައި އެންމެންގެ ފޭވަރިޓްއެވެ. އަދި އެއީ މިހާރު ގިނަ އަންހެންކުދިންގެ ކްރަޝްވެސް މެއެވެ.

މީގެ އިތުރުން، މި ސީރީޒް ގެ އަނެއް ފޭވަރިތް ކެރެކްޓަރ ކަމުގައިވާ “ޔެނިފާ” ގެ ރޯލު ކުޅެފައިވަނީ، އާންޔާ ޗަލޯތްރާއެވެ. މީގެ އިތުރުން، “ސީރީ” ގެ ރޯލު ކުޅެފައިވަނީ، ޒުވާން އެކްޓްރެސް “ފްރެޔާ އެލެން” އެވެ. ވިޗާ ގެ އިތުރުން މި ދެ ކެރެކްޓަރ އަކީ މި ސީރީޒްގެ މެއިން ކެރެކްޓަރ ތަކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ