ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހިތްހަމަޖެހުން އަންނަނީ ލިބެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ޖުމްހޫރީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި، އެންމެ ބޮޑަށް ބޭނުންވަނީ، ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުން ކަމަށެވެ.
"ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ވަރަށް ހަރުދަނާ ގޮތެއްގައި މިއަންނަނީ ކުރަމުން. އޭގެ ސަބަބުން، ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން އަންނަނީ ލިބެމުން. ނަމަވެސް މިކަމުގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި." ރައީސް ސޯލިހް ވިދާޅުވިއެވެ.




