ޖިއްދާއަށް ބޮމުގެ ހަމަލާއެއް ދީފި

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމުގެ ހަނދާން އާކުރުމަށް ބޭއްވި ހަފްލާއަކަށް ބޮމުގެ ހަމަލާއެއް ދީފި އެވެ.

މިހަމަލާގައި 4 މީހަކަށް އަނިޔާ ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ގްރީކް އަށް ނިސްބަތްވާ މީހަކުވެސް ހިމެނެއެވެ.

ޖިއްދާގައި ހުންނަ ޣައިރު މުސްލިމުންގެ ޝަހަރާއެއްގައި ކުރިޔަށް ދިޔަ މި ރަސްމިއްޔާތުގައި ބޭރުގެ އެކި ގައުމުތަކުގެ ޑިޕްލަމެޓުން ބައިވެރިވެފައިވާކަމަށް ރިޕޯޓު ތައް ބުނެއެވެ.

ގްރީސް އަދި ފްރާންސްގެ އޮފިޝަލުން މި ހަފްލާގައި ތިއްބެވިއިރު ފްރާންސްގެ ފޮރިން މިނިސްޓްރީން ވަނީ މިކަން ކުއްވެރިކޮށްފައެވެ. އަދި މި ހަމަލާ ދިން ފަރާތްތައް އަދި ސާފު ނުވާކަމަށް ފްރާންސްގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ޖިއްދާގައި މިގޮތަށް ދީފާއިވާ ދެވަނަ ހަމަލާއެވެ. ފްރާންސް ފޮރިން މިނިސްޓްރީން ވަނީ ސައުދީގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.

މި ހަފްލާ އަކީ ސައުދީގައި ހުންނަ ފްރާންސްގެ އެމްބަސީއިން އިންތިޒާމް ކޮށްގެން ބޭއްވި ހަފްލާ އެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ