މިރޭ މާލޭގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 ގައެވެ. ހަވާ އަރުވާނީ އިއްޒުއްދީން ފާލަމާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މި ހަރަކާތަކީ ވިޔަފާރި އުޞޫލުން އަމިއްލަ ފަރާތަކަށް، ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިޔަށް ގެންދާ އިވެންޓެކެވެ.
ހަވާއެރުވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 މިނެޓް އަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހަވާ ނާރުވައި އޮތުމަށްފަހު މިރޭ މާލޭގައި ހަވާއެރުވުން ވެގެން ދާނީ ގިނަ ބަޔަކު ޝައުޤުވެރިކުރުވާނެފަދަ ކަމަކަށެވެ. މީގެ ކުރިން ރާއްޖޭގައި ހަވާ އެރުވުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.




ހިޔާލު
ރަޔިތުމިހާ ކަރަންޓީނުގަ. ސަރުކާރު ހަވާ އަރުވަން.