ބޭންކް އޮފް މޯލްޑިވްސް އިން އދ. ދިގުރަށުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.
މި ހިދުމަތާއެކު އދ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން ލިބޭނެ އެވެ.
Today we are taking further steps to support our community with the opening of a new Self Service Banking ATM in A. Dh. Dhigurah!
A. Dh. atoll continues to be supported by our branch and ATM in Mahibadhoo and a Self Service Banking ATM in Maamigili. pic.twitter.com/ER5jxRCdNr
— Bank of Maldives (@bankofmaldives) November 13, 2020
މީގެ އިތުރުންވެސް، ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުގެ ޙިދުމަތް ފުޅާކުރަމުންނެވެ.



