ބޯކޮށް ވާރޭވެހި މާޅޮހުގައި ފެން ބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ބ. މާޅޮހުގައި ފެންބޮޑުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާޅޮހުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ބޯކޮށް ވާރޭވެހި މާޅޮހުގައި ފެން ބޮޑުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:56 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މާޅޮހުގައި ފެން ބޮޑުވެފައިވާއިރު، ހެނދުނު 06:30 އިން 11:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް، ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވެއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ