އާމިރު އާއި ޝާހްރުކް ފުރަތަމަ ފަަހަރަށް އެކުގައި ފިލްމަކުން!

ބޮލީވުޑްގެ ދެ ލެޖެންޑަރީ އެކްޓަރުންކަމުގައިވާ ޝާހްރުކް ޙާން އާއި އާމިރު ޙާންގެ ދުވަސްވީ ފިލްމީ ކެރިއާގައި މިހާތަނަށް ދުވަހަކުވެސް އެކުގައި ފިލްމަކުން ފެނިފައެއްނުވެއެވެ. އެހެންކަމުން މި ދެ އެކްޓަރުން އެކުގައި ފިލްމަކުން ފެނުމަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އައިކަމެކެވެ. ނަމަވެސް މި އިންތިޒާރީއަށް ނިމުން އަންނާކަށް ދެން މާކަ ގިނަ ދުވަހެއްނެތެވެ.

އާމިރު ޙާން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމް "ލާލް ސިންހް ޗައްދާ"ގައި ޝާހްރުކްޚާން ގެ ހާއްސަ ފެނިލުމެއް ހިމެނޭނެކަމަށް ބޮލީވުޑްގެ ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، މި ފިލްމްގައި ސަލްމާން ޙާންވެސް ފެނިގެންދާނެކަމަށް މައުލޫމާތުލިބެއެވެ.

މީގެ ކުރިން ސަލްމާން އާއި އާމިރު ހާން އެކުގައި ފިލްމަކުން ފެނިގެންދިޔަނަމަވެސް، އާމިރު އާއި ޝާހްރުކް މި ފިލްމުން ފެނިގެންދާ މިއީ ފުރަތަމަ ފަހަރެވެ. އަދި ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން، މި ފިލްމްގައި ޝާހްރުކް ފެނިގެންދާނީ 'ރާޖް'ގެ ގޮތުގައެވެ. އަދި ސަލްމާން ޙާން ފެނިގެންދާނީ 'ޕްރެމް'ގެ ގޮތުގައެވެ. މިއީ މި ދެތަރިން ކުޅެފައިވާ ވަރަށް ގިނަ ފިލްމްތަކުގައި ދެމީހުންގެ ކެރެކްޓަރ އަށް ދީފައިވާ ނަމެވެ.

"ލާލް ސިންހް ޗައްދާ"އަކީ  ހޮލީވުޑްގެ މަޝްހޫރު ފިލްމް "ފޮރެސްޓް ގަމްޕް"ގެ މައްޗަށް އުފައްދާ ހިންދީ ރީމޭކެކެވެ. މި ފިލްމްގައި އާމިރު ޙާންއާއެކު އަންހެން ލީޑުން ފެނިގެންދާނީ ކަރީނާ ކަޕޫރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ