ޝާހްރުކްގެ ދަރިފުޅު ހައްޔަރުކުރުމާއެކު، ބޮލީވުޑަށް ބޮޑު ސިހުމެއްް!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މިވަގުތު އިންޑިއާގެ މީޑިއާތަކުގައި އެންމެ ގަދަޔަށް ފެތުރެމުންދާ އެއް ހަބަރަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކްހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔަން ހާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ވާހަކައެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން އުމުރުން 23 އަހަރުގެ އާރިޔަން ހާން ހައްޔަރު ކޮށްފައިވަނީ، ކްރޫޒް ޝިޕެއްގައި ބޭއްވި ޕާޓީއެއްގެ ތެރެއިން އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން އާރިޔަން ހައްޔަރު ކުރީ ކްރޫޒް ޝިޕް ބަލާފާސްކުރުމުގެ ތެރެއިން ފެނިފައިވާ ޑްރަގްގެ މައްސަލައިގައެވެ.

މި މައްސަލައާއި ގުޅިގެން އާރްޔަން އާއެކު އޭނަގެ ދެ ރައްޓެހިންވެސް ހިމެނޭހެން އިތުރު މީހުންތަކަކާ އެންސީބީން ވަނީ ސުވާލުކޮށްފައެވެ.

އުމުރުން 23 އަހަރުގެ އާރިޔަން ހާން އޭނާ ހައްޔަރުކޮށް އަންނަ ބުރަސްފަތި ދުވަހުގެ ނިޔަލަށް ޖަލުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އާރްޔަން ހައްޔަރު ކުރުމާ ގުޅިގެން، ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރެވޭތޯ އާއިލާއިން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ކަފާލާތުން ދަށުން ދޫނުކުރުމަށް މުމްބާއީ ކޯޓުން ވަނީ ނިންމައިފައެވެ.

މި މައްސަލައިގައި އަރްޔާން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މެޖިސްޓްރޭޓްގައި އޮތް އަޑުއެހުމުގައި އޭނަގެ ވަކީލުން ބުނެފައިވަނީ، އެ ޕާޓީގެ ތެރެއިން އަރްޔާންގެ އަތުން އެއްވެސް ޑްރަގެއް ފެނިފައިނުވާކަމަށާއި، އަދި އޭނައާއި މުމްބާއީގެ އެއްވެސް ޑްރަގް ނެޓްވޯކަކާއި ގުޅުމެއް ނެތްކަން އޭނަގެ ފޯނުގެ ވަޓްސް އެޕްމެސުތަކުން ހާމަވެފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ އެ ކްރޫޒް ޝިޕަށް ވަދެފައިވަނީ ދެ ފަހަރަށް ސްކްރީން ހެދުމަށްފަހު ކަމަށާއި، އެއްވެސް އެފަދަ އެއްޗެއް އޭނަގެ އަތުން ނުފެންނަ ކަމަށެވެ. އަދި އަރްޔާން މަސްތުވާތަކެތި ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ވަކީލު ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ރަސްފާނު ކަމަށް ގިނަ ބަޔަކު ބުނާ، އަދި ދުނިޔޭގެ އެންމެ މަޤުބޫލު އެއް އެކްޓަރ، ޝާހްގެ ދަރިފުޅު ހައްޔަރުކުރުމާއެކު ޝާހްއާއި އޭނަގެ އަންހެނުން ގޯރީ ހާންއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އެގޮތުން އެ ދެމީހުން ދަރިންނަށް ދިން ތަރުބިއްޔަތާމެދު ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ.

ނަމަވެސް ބޮލީވުޑްގެ ބައެއް ފަންނާނުންނާއި އަދި ޝާހްގެ ފޭނުން ބުނަމުން އަންނަނީ މިއީ ބަޔަކު ރާވައިގެން ޝާހްގެ އަގުވައްޓާލަން ކޮށްފައިވާ ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
1 ދުވަސްކުރިން