ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު - ފޮޓޯ: އެމްޓީސީސީ

ހަރުމުދާ ނުވިއްކާ ދިވެހިރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދޭނަން: ރައީސް

ދިވެހިރާއްޖޭގެ ހަރުމުދާ ނުވިއްކާ ޤައުމު އަމާން އައްސޭރިއަކަށް ގެންގޮސްދޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިހް މިހެން ވިދާޅުވީ، ސަރުކާރުން ތަރައްޤީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ރައީސް ޞޯލިހް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ދަރަނި އޮތީ އޭރު 26 ބިލިއަން ރުފިޔާގައިކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ފައިބާ ވަޑައިގެންނެވި އިރުގައި 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރައި އަރައިފައިވާކަމަށެވެ.

"އަޅުގަނޑުމެން އަދި މިހާތަނަށް 15 ބިލިއަން ފުރިޔާ ދަރަނީގެ ގޮތުގައި މި ނެގީ. އަދި އޭގެ ކުރިއަށް ޖެހިލަމާ ހިނގާ. 2008 ވަނަ އަހަރު އަޅުގަނޑުމެން އޭރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާގައި. 3 އަހަރު ވުމަށްފަހު އަޅުގަނޑުމެން ވަކިވިއިރުގައި 26 ބިލިއަން ރުފިޔާއަށް ދަރަނި އަރާފައިވާނީ." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެހެންވީމައި ދައުލަތައް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫންކަމަށާއި މިއަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައި އެއޮތް 4 ބިލިއަން ރުފިޔާ އަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ދައްކަން ޖަހާފައި ހުރި ފައިސާކަމަށް ރައީސް ޞޯލިހް ވިދާޅުވިއެވެ.

"ފައިސާ ހޯދަން ޖެހޭ. އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވީއިރު ދައުލަތުގެ ރިޒާވްގައި ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އިނީ. ދެން ކިހިނެތްތޯ ކަންތައް ކުރާނީ. މި ދަތި ހާލުގައި ވެސް އަޅުގަނޑުމެންގެ ރިޒާވްގައި މިހާރުވެސް އިންނާނެ 250 މިލިއަން ޑޮލަރު." ރައީސް ޞާލިހް އިތުރަށް ވިދާޅުވިއެވެ.

ސަރުކާރުގެ ފައިނޭންސިއަލް ޓީމަށް ރައީސްގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި އަދި އެމަނިކުފާނުގެ ސަރުކާރު މަގަކުން ކައްސައެއް ނުލާނެކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މި ރާއްޖެ އަމާން އަައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިހާ ހިސާބަށް އައިއިރު ކުރީގެ ސަރުކާރުތަކުން ވަނީ ވިއްކާފައި އޮތް 85 ރަށުގައި ރިސޯޓު ނުހެދި އެބައޮތް ކަމަށާއި، އެހެންކަމުން ދައުލަތަށް ލިބެންވާ އާމްދަނީ ނުލިބޭކަމަށެވެ..

"އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅުރަށެއް ރިސޯޓުހަދާކަށް ދޫކޮށްފައެއް ނޯންނާނެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބުނު ފައިސާކޮލޫވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތި ހާލުތުގައި އަޅުގަނޑުމެނަށް އޭގެން ހަރަދު ކުރެވޭނީ. އެހެންވީމައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު ވަރަށް ސާފު. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ހިދުމަތް ކުރަން އައިސް." ރައީސް ޞާލިހްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ