ސައުދީގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ ފަރާތްތަކަށް ކޮވިޑް ވެކްސިން ހިލޭ

ސައުދީއަރަބިއްޔާގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ ފަރާތްތަކަށް ކޮވިޑް ވެކްސިން ހިލޭ ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމުން އަންނަ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

2021 ވަނަ އަހަރު ނިމުމުގެ ކުރިން ސައުދީ ރައްޔިތުންގެ ތެރެއިން ކޮވިޑް-19 އަށް ކޮންޓެކްޓް ވެފައިނުވާ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދިނުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ސައުދީގެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެެވެ. އެއީ ގާތްގަނޑަކަށް އެގައުމުގެ 70 އިންސައްތަ ރައްޔިތުންނެވެ.

ސައުދީ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ބޭނުންވާވަރަށް ކޮވިޑް-19 ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެއީ އާންމު ސިއްޙީ ބޭނުމަކަށް ކަމަށްވާތީ މި ވެކްސިންއަކީ ސައުދީ ސަރުކާރުން ވިއްކާ އެއްޗެހީގެ ލިސްޓުގައި ހިމެނޭނެ އެއްޗެއް ނޫންކަމަށް ސައުދީގެ ޑެޕިއުޓީ ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ އަލް އަސީރީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އިސްކަން ދެއްވާނެ ކަމަށް ސައުދީގެ ޑެޕިއުޓީ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ސައުދީން މިހާތަނަށް 355489 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 5796 މީހުން ވަނީ އެގައުމުން މި ބަލީގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ