އެކްޓަރު ޝާހްރުކް ޙާން އާއެކު ކާމިޔާބު ބަތަލާ ދިޕިކާ ޕަޑުކޯން، ފިލްމް "އޯމް ޝާންތީ އޯމް"އިން ބޮލީވުޑަށް ނުކުތުމަށްފަހު ދެމީހުން އެކުގައި ދެ ފިލްމަކުން ވަނީ ފެނިފައެވެ. އަދި މިދެމީހުންގެ އޮން ސްކްރީން ޖޯޑަކީ ގިނަ ބައެއްގެ އެންމެ ފޭވަރިޓެކެވެ. އެގޮތުން މި ދެ ތަރިން އަނެއްކާވެސް ފިލްމަކުން ފެންނަނީއެވެ.
ޝާހްރުކްގެ ހާންގެ ކުރިއަށް އޮތް ފިލްމްތަކުގެ ތެރެއިން އިއުލާންކޮށްފައިވާ ފިލްމް 'ޕަތަން'ގައި ޝާހްރުކްޙާން އާއެކު ދީޕިކާ ޕަޑުކޯން ފެނިގެންދާނެކަމަށް ބޮލީވުޑްގެ ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވާގޮތުން، މި ފިލްމްގައި ދީޕިކާ އަދާކުރާނީ އޭޖެންޓެއްގެ ރޯލެވެ.
ސިދާތް އާނަންދު ޑައިރެކްޓްކުރާ ފިލްމަކީ އެކްޝަން ތްރިލާ ފިލްމެކެވެ. އަދި މި ފިލްމްގައި ދިޕިކާގެ ރޯލުން ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.
ޝާހްރުކް އާއި ދީޕިކާ ހަތް އަހަރު ފަހުން އެކުގައި ފިލްމަކުން ފެނިގެންމިދަނީ، 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހެޕީ ނިއު އިޔާ" އަށް ފަހުއެވެ.
"އޯމް ޝާންތީ އޯމް" އަށް ފަހު މި ދެ ތަރިން އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމަކީ، 2013 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ޗެންނާއި އެކްސްޕްރެސް"އެވެ.



