ހައްސަބާނައި ނައިފަރު ކަނބަލުންނަކީ ކުޅަދާނަ ކެޔޮޅުންކަން ދައްކާލައިފި

ޅ.ނައިފަރަކީ އަބަދުވެސް ތަފާތު ރަށެކެވެ. މިފަހަރު މަސްވެރިންގެ ދުވަހާ ދިމާކޮށް ނައިފަރުން މިވަނީ މުޅިން ތަފާތު މަންޒަރެއް ދައްކާފައެވެ.

ރާއްޖޭގައި ކުރާ ޒަމާނީ މަސްވެރިކަން ދަސްކޮށް، ތަޖުރިބާ ހޯދުމަށް ނައިފަރުގެ އަންހެން ކަނބަލުން އިއްޔެވަނީ މަހަށް ފުރައިފައެވެ. އަދި މިއަދު އެނބުރި ރަށަށް އައީ ތަފާތު ދައްކާފައެވެ. 15 ޓަނުގެ މަސް ބާނައިގެންނެވެ.

ރާއްޖޭގެ މަސްވެރިންގެ ދުވަހާ ދިމާކޮށް، "ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު"ގެ ފަރާތުން އިންތިޒާމްކުރި މި ދަތުރުގައި ނައިފަރުގެ 80 އަންހެނަކު، ހަ ދޯންޏެއްގައި އިއްޔެ ވަނީ މަހަށް ފުރައިފައެވެ. އަދި މިދޯނިފަހަރު މަސް ބައިގެން އެނބުރި ރަށަށް ލަފާފައިވަނީ މިއަދުގެ ހަވީރު އެވެ.

ކަނޑުމަތީގައި 24 ގަޑިއިރު ހޭދަކުރި މި މަސް ދަތުރުގައި އުމުރުން 18 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ އަންހެނުން ހިމެނެއެވެ.

"ހުރިހާ ދޯންޏަކުން ބޭނީ ގާތްގަނޑަކަށް ފަނަރަ ވަރަކަށް ޓަނު،" ނައިފަރު ފިޝަމަންސް އެސޯސިއޭޝަންގެ ރައީސް ފަރުހާދު މުހައްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ނައިފަރުގައި އާންމުކޮށް ހުޅުވާލައިގެން މީހުން ބައިވެރިކުރި މި މަސްދަތުރުގައި އެންމެ ބޮޑު މަސް ބޭނި އެއްވަނަ، ދެވަނަ އަދި ތިން ވަނަ ދޯނި ހޮވައި، އިނާމާއި ހަނދާނީ ލިއުން ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ